7
ދެން ޤަރްޔަތު ޔަޢާރީމުގެ*7‏:1 ޤަރްޔަތު ޔަޢާރީމާއި ބައިތު ޝަމުޝުއާ ދެމެދު 9 ވަރަކަށް މޭލު ހުރެއެވެ. މީހުން އައިސް އެ ފޮށިކޮޅު ގެންގޮސް ފަރުބަދަމަތީގައި ހުންނަ އަބީނާދާބްގެ ގޭގައި ބަހައްޓައި އޭނާގެ ދަރިފުޅު އަލިޢާޒާރުއާ އެ ފޮށިކޮޅު ބެލެހެއްޓުން ހަވާލު ކޮށްފިއެވެ.
ޞަމޫއީލް އިސްރާއީލްގެ ވެރިއަކަށް
ޢަހުދުނާމާ ފޮށިކޮޅު ވިހި އަހަރުގެ ދިގު މުއްދަތަކަށް ޤަރްޔަތު ޔަޢާރީމުގައި ހުއްޓެވެ. މިދުވަސްވަރު އިސްރާއީލުގެ މީހުން މާތްރަސްކަލާނގެ ކިބަފުޅަށް މޮޅިވެރިކަން ހުށަހަޅައި އެކަލާނގެ އެހީތެރިކަމަށް ބޭނުންވަމުން ދިޔައެވެ.
މިހެންވެ ޞަމޫއީލް އިސްރާއީލްގެ ހުރިހާ އެންމެންނަށް އެންގިއެވެ. ”ކަލޭމެން ހިތުގެ އަޑިން މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަ ވާން ބޭނުންނަމަ ކަލޭމެން ތިޔަ ގެންގުޅޭ އެހެނިހެން ކަލުންނާއި ޢަޝްތާރޫތުގެ ސޫރަތައް ދޫކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އެކަނި އަޅުކަން ޚާލިސް ކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެން ފިލިސްޠީނުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވާނެ.“ ދެން އިސްރާއީލްގެ މީހުން އެމީހުންގެ ބަޢަލް ކަލާނގެތަކާއި ޢަޝްތާރޫތު ބުދުތައް އެއްލާލާފައި ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރަން ފަށައިފޫއެވެ.7‏:4 ބަޢަލްއާއި އަސްތާރޫޡް އަކީ ފިރިހެން އަންހެން ކަލުންގެ ގޮތުގައި އެމީހުން ގެންގުޅުނު ކަލާނގެތަކުގެ ބުދުތަކެވެ. ދެން ޞަމޫއީލް ބަނީއިސްރާއީލްގެ އެންމެތަކުންނަށް އެންގެވިއެވެ. ”ކަލޭމެން އެންމެން މިޞްފާތަށް އެއްވޭ. އަހަރެން ކަލޭމެންނަށްޓަކައި ދުޢާ ދަންނަވާނަން.“
ދެން އިސްރާއީލްގެ މީހުން މިޞްފާތަށް ގޮސް ވަޅުން ފެން ނަގައި ޤުރުބާނީއެއްގެ ގޮތުގައި އެ ފެން އޮއްސައި ހެދިއެވެ. އެދުވަހު އެމީހުން ތިބީ ރޯދައަށެވެ. އެމީހުން ބުނަމުން ގެންދިޔައެވެ. ”އަހަރެމެންނީ މާތްރަސްކަލާނގެ ކިބަޔަށް ފާފަ ކޮށްފައިވާ މީހުން.“ އެދުވަހު ޞަމޫއީލް ހުރީ މިޞްފާތުގައި އެމީހުންގެ އިސް ވެރިއެއްގެ ގޮތުގައެވެ.7‏:6 އިސް ވެރިޔަކީ ފަނޑިޔާރެވެ.
އިސްރާއީލްގެ މީހުން މިޞްފާތަށް ޖަމާވެގެން އުޅޭ ޚަބަރު އިވުމުން އެމީހުންނާ ހަނގުރާމައަށް ނުކުތުމަށް ފިލިސްޠީނުގެ ވެރިން ނިންމައިފި އެވެ. މި ޚަބަރު ލިބުމުން އިސްރާއީލްގެ މީހުން ބިރުގެންފިއެވެ. އެމީހުން ޞަމޫއީލް ގާތުން އެދުނެވެ. ”އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ހަޒްރަތުގައި ދުޢާ ދެންނެވުން ހުއްޓާ ނުލާ ކުރިޔަށް ގެންދަވާ. އޭރުން އެކަލާނގެ ފިލިސްޠީނުގެ މީހުން ކިބައިން އަހަރެމެން ރައްކާތެރި ކޮށް ދެއްވާފާނެ.“ ދެން ޞަމޫއީލް ޅަ ކަންބަޅިއެއް ގެނެސް އަންދައި ޤުރުބާނީ ހުށަހަޅައި އިސްރާއީލްގެ މީހުންނަށް ރައްކާތެރިކަން ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. މާތްރަސްކަލާނގެ އެ ދުޢާ އިޖާބަ ކުރެއްވިއެވެ. 10 ފިލިސްޠީނުގެ މީހުން ހަނގުރާމައަށް އައިސް ކައިރިވެގަތެވެ. އޭރު ޞަމޫއީލް ޤުރުބާނީ ހުށަހަޅަމުން ދަނީއެވެ. އެވަގުތު މާތްރަސްކަލާނގެ އުޑުން ގަދަފަދަވެގެންވާ ގުގުރިއެއްގެ އަޑު އިއްވަވައިފިއެވެ. އެއާއެކު ފިލިސްޠީނު މީހުން ބިރުން ވިއްސިވިހާލި ވެއްޖެއެވެ. 11 އިސްރާއީލު މީހުން އެމީހުން ފަހަތުން ދުވެގޮސް ފިލަން ދިޔަ ފިލިސްޠީނުން ގަތުލު ކުރަމުން މިޞްފާތުން ބޭރަށް ނުކުމެ ބައިތު ކައްރާ އާ ހަމަޔަށް ދިޔައެވެ.
12 ދެން ޞަމޫއީލް މިޞްފާތާއި ޝީންއާ ދެމެދު ހިލައިގެ ބިނާއެއް ހަދައި އެތަނަށް ”އިބްނު ޢާޒަރު“§7‏:12 އިބްނު ޢާޒަރުގެ މާނައަކީ މަދަދުގެ ހިލަ އެވެ. އޭ ކިޔާ ނަން ދިނީ މިހެން ބުނަމުންނެވެ. ”މިހާތަނަށް މާތްރަސްކަލާނގެ އަހަރެމެންނަށް އެހީތެރިވެ ވޮޑިގެންނެވި.“ 13 ފިލިސްޠީނުން ބަލިވެގެން ދިޔަ ފަހުން އިސްރާއީލަށް ހަމަލަ ދޭކަށް ނާދެއެވެ. ޞަމޫއީލްގެ މުޅި އުމުރުގައި ވެސް މާތްރަސްކަލާނގެ އަތްޕުޅު ވަނީ ފިލިސްޠީނުންނާ ދެކޮޅަށެވެ. 14 ފިލިސްޠީނުން އިސްރާއީލަށް ހަމަލަދީ އަތުލައިގަތް ޢަޤްރޫން އާއި ޖައްތުއާއި ދެމެދުގައިވާ ހުރިހާ އަވަށްތަކެއް އަލުން އަނބުރާ އިސްރާއީލީން އަތުލައިގަތެވެ. ފިލިސްޠީނުގެ ބާރުގެ ދަށުގައިވާ އެހެނިހެން ސަރަހައްދުތައްވެސް އެމީހުންގެ އަތްދަށުން މިނިވަން ކުރުވައިފިއެވެ. އަދި އަމޫރީން ވެސް ސުލްޙަ ގާއިމު ކޮށްފިއެވެ.
15 ޞަމޫއީލްގެ މުޅި އުމުރުގައި އިސްރާއީލުންގެ ވެރިޔަކަށް ހުއްޓެވެ. 16 އަދި ކޮންމެ އަހަރަކު ބައިތުއީލް އިން ޖިލްޖާލު އިން މިޞްފާތަށް ބުރުޖަހައި އެމީހުންގެ މައްޗަށް ފަޑިޔާރުކަން ކުރެއްވިއެވެ. 17 އެދަތުރުތަކަށް ފަހު ޞަމޫއީލްގެ ރަށް ކަމަށް ވާ ރާމާއަށް އެނބުރި އާދެއެވެ. އެރަށުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާނެ މަޤާމެއް ވެސް ހަދައި އިސްރާއީލްގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވިއެވެ.

*7:1 7‏:1 ޤަރްޔަތު ޔަޢާރީމާއި ބައިތު ޝަމުޝުއާ ދެމެދު 9 ވަރަކަށް މޭލު ހުރެއެވެ.

7:4 7‏:4 ބަޢަލްއާއި އަސްތާރޫޡް އަކީ ފިރިހެން އަންހެން ކަލުންގެ ގޮތުގައި އެމީހުން ގެންގުޅުނު ކަލާނގެތަކުގެ ބުދުތަކެވެ.

7:6 7‏:6 އިސް ވެރިޔަކީ ފަނޑިޔާރެވެ.

§7:12 7‏:12 އިބްނު ޢާޒަރުގެ މާނައަކީ މަދަދުގެ ހިލަ އެވެ.