6
އީމާންކަމުން ބޭރުވުމުގެ ނުރައްކާ
1 އަހަރެމެން އީސާއަލްމަސީޙާ ބެހޭގޮތުން ދަސްކުރި އަސާސީ ފިލާވަޅުތަކާއިގެން އަބަދު ނޫޅެ މިކަންތަކާ މެދު ތަންކޮޅެއްބޮޑަށް މިހާރު ތަސައްރަފު ފުދެން ވެއްޖެއެވެ. އެއީ މަރާދިމާއަށް މީހާ ގެންދަވާ ޝައިތާނީ ކަންކަމާ ދުރުވެ މާތްރަސްކަލާނގެއަށް އީމާން ވުމާ ބެހޭ ވާހަކައެވެ. އެވާހަކަ ދެން ނުދައްކަމާ ހެއްޔެވެ؟ 2 އަދި ތައުބާގެ ހިނައިގަތުމާއި ގައިގައި އަތް ޖެއްސުމާއި*6:2 ގައިގައި އަތް ޖެއްސުމާއި ގައިގައި އަތްޖެއްސުމަކީ ދުޢާ ކުރާއިރު ކޮށް އުޅޭ ކަންތަކެއް. އަލުން ދިރި މަހުޝަރަށް ގެންދެވުމާއި، ހިސާބުބެއްލެވޭނެ ކަމުގެ ވާހަކަ އަލުން ނުދައްކަމާހެއްޔެވެ؟ 3 އޭރުން އިރާދަ ކުރެއްވިއްޔާ އަހަރެމެންނަށް މިގޮތުގައި ކުރިޔަށް ދެވި އިތުރު ކަންތައް ދަސްވެގެންދާނެއެވެ.
4 އެމީހެއްގެ އީމާންކަން ދޫކޮށްލި މީހަކު އަލުން އަނބުރާ އީމާންކަމުގެ ތެރެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ހިތްތަކަށް ވަނީ މާތްރަސްކަލާނގެ ނޫރުފުޅުގެ އަލިކަން މީގެ ކުރީގައި ލިބިފައެވެ. އެމީހުންނަށް ވަނީ ސުވަރުގޭގެ ހަދިޔާގެ ރަހަފެނި މާތްރޫޙުފުޅު ޙިއްސާ ކުރެވިފައެވެ. 5 އަދި މާތްރަސްކަލާނގެ ބަސްފުޅަކީ ހެޔޮ ބަސްފުޅެއް ކަމާއި އަދި ފަހުޒަމާނުގައި ބާރުތައް ހިނގާނެ ގޮތް ވެސް އެމީހުންނަށް ތަޖުރިބާ ކުރެވިފައި ވޭމެއެވެ. 6 މިހެން ކަންތައް ވެފައި ހުރެމެ އެމީހުން އީމާންކަން ދޫކޮށްލައިފިނަމަ އަލުން އެމީހުން ތައުބާ ކުރުވައިގެން އީމާންކަމުގެ ތެރެއަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަންތައް ކުރުމުން އެމީހުން ދެވަނަ ފަހަރަށް މާތްރަސްކަލާނގެ ދަރިކަލުން ސަލީބަށް އަރުވައި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނު ލަދުގަންނަވާލަނީއެވެ.
7 ބިމަށް ވާރޭ ވެހި ދަނޑުތައް ތެމި ދަނޑުވެރިޔާއަށް އެބިމުން ރަނގަޅު ގޮވާން ލިބުމަކީ އެބިމުގައި މާތްކަލާނގެ ލައްވާ ބަރަކާތެކެވެ. 8 އެކަމަކު އެބިމުން ކަށިގަސްތައް ހެދޭނަމަ އެ ދަނޑުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެތަކެތި ވުން ގާތީ މާތްރަސްކަލާނގެ ލަޢުނަތްލެއްވި ތަކެއްޗަށެވެ. މިހެން ވުމުން ދަނޑުވެރިޔާ އެންމެފަހުން އެ ދަނޑު އަންދާލާނީއެވެ.
9 ލޮބުވެތި އެކުވެރިންނޭވެ! އަހަރެމެން މިހެން ބުނިކަމުގައި ވިޔަސް ކަލޭމެންނާ މެދު ޔަޤީންކަން އެބައޮތެވެ. ކަލޭމެން ކަންތައް ކުރަނީ ދިންނެވުމުގެ ހެޔޮ ދަރުމަ ލިބިފައިވާ މީހުން ފަދައިންނެވެ. 10 މާތްރަސްކަލާނގެ ދުވަހަކު ވެސް ބޭއިންސާފުވެރިވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެއަށްޓަކައި ކަލޭމެން ކުޅަ ކަންތަކާއި ދެއްކި ލޯތްބާއި މަސީޙީންނަށް ވީ އެހީއާއި މިހާރު ވެސް ވަމުންގެންދާ އެހީތަކުގެ މަތިން އެކަލާނގެ ހަނދުމަފުޅު ނައްތަވާ ނުލައްވާނެއެވެ. 11 އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ. 12 އޭރުން ކަލޭމެންނަކީ ރޫހާނީ ގޮތުން ކަންނެތް ބަޔަކަށް ނުވާނެއެވެ. އެއާ ޚިލާފަށް ކަލޭމެންގެ މިސާލު ޖެހޭނީ އެބައެއްގެ އީމާންތެރިކަމާއި އެކު ދެގޮތެއްނުވެ ދެމިތިބުމުގެ ސަބަބުން މާތްރަސްކަލާނގެ ވަޢުދުކުރެއްވި ތަރިކަ ލިބޭ މީހުންގެ މިސާލުންވެ.
މާތްރަސްކަލާނގެ ދެގޮތެއްނުވާ ވަޢުދުފުޅު
13 މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ޢަހުދު ކަށަވަރު ކުރެއްވި ހިނދު މި ގޮތަށް ކަންތައް ކުރައްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންނެވިއެވެ. އެކަލާނގެ މި ވަޢުދުފުޅު ކުރެއްވީ ޚުދު އެކަލާނގެ ނަންފުޅު ގަންދެއްވައެވެ. އެހެނީ އެކަލާނގެއަށް ވުރެ މަތިވެރި އެހެން އެއްވެސް ފަރާތެއް ނުވެއެވެ. 14 އެކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ ކަލޭގެފާނަށް ޔަޤީނުން ވެސް ބަރަކާތްލައްވައި ދަރިފަސްކޮޅު ގިނަ ކޮށް ދެއްވާނަން!“6:14 ފެށުން 22:17 15 އިބްރާހީމްގެފާނު ކެތްތެރިކަމާއެކު ހުންނަވައި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައް ލިބިވަޑައިގަތެވެ. 16 އަރާރުމެއްވެ ކަމެއް ހައްލު ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ހުވައެއް ކުރެވޭ ހިނދު މީހުން ހުވާކޮށް އުޅެނީ އެމީހަކަށް ވުރެން މަތީ ފަރާތެއްގެ ނަންމަތީގައެވެ. އެކުރާ ހުވައިން އެމައްސަލަ ހައްލުވެދެއެވެ.
17 އެކަލާނގެ މިފަދައިން ހުވާ ވަޙީކުރެއްވީ އެކަލާނގެ މީސްތަކުންނަށް ކުރެއްވި ވަޢުދުފުޅު އުވާނުލައްވާނެކަން އަދި އެކަލާނގެ އިރާދަފުޅު ބަދަލު ނުކުރައްވާނެކަން ވާރިސުންނަށް ޔަޤީންކޮށް ދެއްވުމަށެވެ.
18 އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ. 19 މި އުންމީދަކީ އަހަރެމެންގެ ޙަޔާތުގައި ލާފައިވާ ގުޑުވާނުލެވޭނެ ނަގިއްޔެއް ފަދަ އިތުބާރު ހުރި އެއްޗެކެވެ. މި އުންމީދު އަހަރެމެން ގޮވައިގެން މާތްވެގެންވާ ގެކޮޅުގެ ފަރުދާގެ އެތެރޭބަޔަށް ގެންގޮސް ދޭނެއެވެ.6:19 ލާވީން 16:15 20 އަހަރެމެންނަށް ވުރެ ކުރީން އީސާގެފާނު ވަނީ އެތަނަށް ވަޑައިގަންނަވާފައެވެ. އެއީ އަހަރެމެންނަށްޓަކައެވެ. އެކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ވަޑައިގެންނެވި އަހަރެމެންގެ އަބަދީ އުއްތަމަ އިމާމެވެ.