3
ދޫ ރައްކާތެރިކުރުން
އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންގެ ތެރެއިން އެދުރުންގެ ގޮތުގައި ގިނަ ބަޔަކު ނުވާނެއެވެ. އުނގަންނައި ދިނުމަކީ ޒިންމާދާރު ކަމެކެވެ. ކަލޭމެންނަށް އެނގޭނޭ ފަދައިން އެދުރުންގެ ގޮތުގައި އަހަރެމެން އުނގަންނައިދެމުން ގެންދާތީ ފައިސަލާ ކުރައްވާ ހިނދު އަހަރެމެންނާ މެދު މާ ހަރުކަށިކޮށް ފައިސަލާ ކުރެވެއެވެ. އަހަރެމެން އެންމެތަކުންނަށް ގިނަފަހަރަށް ކުށަށް އަރައިގަނެވެއެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ދޫ ރައްކާތެރި ކުރާ މީހާއަކީ ފުރިހަމަ ގޮތުގައި އޭނާގެ އަމިއްލަ ނަފްސު މައްޗަށް ބާރު ފޯރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއެވެ. މިސާލަކަށް އަހަކާ މެދު ވިސްނައިބަލާށެވެ. އަހަރެމެންގެ ބާރުގެ ދަށަށް އަހެއް ގެނައުމަށް އެދޭނަމަ އޭގެ އަނގައިގެ ތެރެއަށް ކައިދާއެއް* 3‏:3 ކައިދާއަކީ އަހުގެ ލަގަން ހަރުކުރާން އަނގަޔަށް ލައްވާފައި އޮންނަ ދަގަނޑުގަނޑެވެ. ލައިގެން ލަގަނެއް އަޅަނީއެވެ. އެ ލަގަން މެދުވެރިކޮށް މުޅި އަސް އަހަރެމެންގެ ބާރުގެދަށަށް ގެނެސް އަހަރެމެން ބޭނުން ތަނަކަށް ދަނީ ކުޑަ ވައުކޮޅެއްގެ އެހީގައެވެ. ނޫނީ ކަނޑުގައި ދުއްވާ އޮޑިއަކާމެދުގައި ޚިޔާލުކޮށް ވިސްނައިބަލާށެވެ. އޮޑި ބޮޑުވެފައި އަދި ގަދަވައިގެ ތެރޭގައި އޭގެ ހަލުވި ދުވެލީގައި މަގު ދައްކުވައިދެމުން ކުރިއަށް ދުވެދަނީ އޭގައި ހުރި ކުޑަކުޑަ ހުންގާނުގެ އެހީގައެވެ. އަދި ނެވިކަލޭގެ ބޭނުން ތާކަށް ބޭނުން މިސްރާބަކަށް އެ ކުޑަކުޑަ ހުންގާނުގެ އެހީތެރިކަމާއެކު ގެންދެއެވެ. އެހެންވީމާ ދުލަކީ ވެސް އޭގެ ޒާތުގައި ކުޑަ ގުނަވަނެކެވެ. އެހެނަސް އެ ދުލަކީ ނުހަނު ބޮޑާ ބަސްތައް ބުނާ ގުނަވަނެއްވެސް މެއެވެ.
ޖަންގަލީގެ ބޮޑުކަމާއިމެދު ނިކަން ވިސްނައިބަލާށެވެ. އެހެނަސް ބޮޑު ޖަންގައްޔެއްގައި ހުޅު ޖެހުމަށް ބޭނުންވަނީ ނުހަނު ކުޑަކުޑަ އަލިފާން ކަންޏެކެވެ. އަހަރެމެންގެ ދުލަކީވެސް ހަމަ އެފަދަ އަލިފާން ކަންޏެކެވެ. އޭގައި މުޅި ޙަޔާތް ބަރުބާދު ކުރުވާފަދަ ނުބައި ނުލަފާ އެތައް ކަމެއް އެކުލެވިފައިވެއެވެ. އެ ދޫ ނަރަކައިގެ އަލިފާނުގެ ގިނީގައި އަނދައި ދިއުމަށްވެސް ދޫކޮށްލެވިގެން ވެއެވެ. މިގޮތުގެމަތިން އެންމެހާ މަޚުލޫގުތަކުގެ މައްޗަށް ބާރުހިންގުމުގެ ކުޅަދާނަކަން އަހަރެމެން އިންސާނުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި އެންމެހާ ޙައިވާނުންނާއި އުދުހޭ ސޫފާ ސޫތްޕާއި ފަނިފަކުސައާއި މަސްމަހާމެއްސާއި އަދި ދިރުންދެއްވާފައިވާ އެންމެހާ ތަކެއްޗެއް ހިމެނިގެންވާ ގޮތުގެ މަތިންނެވެ. ނަމަވެސް އިންސާނާގެ ދުލުގެ މައްޗަށް ބާރުފޯރުވުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްވެސް ފަރާތެއް ނުވެއެވެ. އެއީ މަތަނުވާނެ ނުބައި އެއްޗެކެވެ. އޭގައި މަރު ކުރިމަތި ކުރުވާފަދަ ޒަހަރު ވެސް އެކުލެވިގެންވެއެވެ.
ނަމަވެސް އަހަރެމެންގެ ބައްޕާފުޅު ސާހިބުވަންތަ ރަސްކަލާނގެއަށް ޙަމްދު ތަޢުރީފު ކުރުމުގައި އަހަރެމެން ދުލުގެ ބޭނުން ކުރަމެވެ. އަދި މީސްތަކުންނަށް ބަދުދުޢާ ކުރުމުގައިވެސް ހަމަ އަހަރެމެން އެ ދުލުގެ ބޭނުން ކުރަމުއެވެ. އެހެނަސް އިންސާނުންނަކީ މާތްރަސްކަލާނގެ ސިފަފުޅާއި އެއްފަދައިން ޚަލްޤުކުރެވިގެންވާ ބައެކެވެ. 10 ޙަމްދު ތަޢުރީފުގެ ބަސްތަކާއި ބަދު ދުޢާތަކުގެ ބަސްތައް ބުނަމުން ގެންދަނީ އެއް ދުލަކުންނެވެ. އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! މިފަދައިން އަހަރެމެން އަމަލުކުރުމަކީ ހަމަ ޔަޤީނުންވެސް ހެޔޮވާވަރުގެ ކަމެއް ނޫނެވެ! 11 އެއްވެސް ފެންއާރަކުން ފެން ނުކުންނަ ހިނދު މީރުފެނާއި ހިތިފެން އެކުއެކީގައި ލިބިގެންނުވެއެވެ. 12 އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ވައްތީނި ގަހަކުން ޒައިތޫނި ލިބިދޭނޭ އެއްވެސް ގޮތެއް ނުވެއެވެ. އަދި މޭބިސްކަދުރު ވެލަކުން ވައްތީނި ލިބިދޭނޭ ގޮތެއްވެސް ނުވެއެވެ. ހަމައެފަދައިން ލޮނުފެނުގެ އާރަކުން މީރު ފެން ލިބިދޭނޭ ގޮތެއްވެސް ހަމަ ނުވެއެވެ.
ޙަގީގީ ޙިކުމަތްތެރިކަން ލިބިދެނީ މާތްރަސްކަލާނގެ ކިބަފުޅުން
13 ކަލޭމެންގެ ތެރޭގައި ބުއްދިވެރި ނޫނީ ވިސްނާ މީހަކު ވޭހެއްޔެވެ؟ އެހެންވީއިރު އެމީހެއްގެ ހެޔޮ ދިރިއުޅުމުގައި ހިތްތިރިކަމާއެކު އެކަން ސާބިތު ކޮށްދީބަލާށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި ވިސްނާށެވެ. 14 ނަމަވެސް ކަލޭމެންގެ ހިތްތައް ހިތި ޙަސަދަވެރިކަމާއި އަމިއްލަ އެދުންތަކުގެ ޝަޢުޤުވެރިކަމުގައި ވާނަމަ ކަލޭމެންނީ ބުއްދިވެރި ބައެއް ކަމުގައި ބުނެ އަޑުއުފުލައި ބޮޑާނުވާށެވެ. އެއީ ތެދާ ދެކޮޅަށް ބުނާ ބުހުތާން ދޮގެކެވެ. 15 ޙަސަދަވެރިވުމާއި އަމިއްލަ އެދުމަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދަ ޙިކުމަތްތެރިކަމެއް ނޫނެވެ. އެފަދަ ޙިކުމަތްތެރިކަން ލިބިދެނީ ޝައިތާނާގެ ފަރާތުންނެވެ. އެ ފަދަ ޙިކުމަތްތެރިކަމަކީ ދުނިޔަވީ މާއްދީ އަދި ރޫޙާނިއްޔަތުކަމެއް ނެތް ނުބައި ޙިކުމަތްތެރިކަންވެސްމެއެވެ. 16 އެއްވެސް ބައެއްގެ މެދުގައި ޙަސަދަވެރިކަމާއި އަމިއްލަ އެދުމުގެ ޝައުގުވެރިކަން އުފެދިފައި ވާނަމަ އެތަނެއްގައި އޮންނާނީ ހައިޖާނުގަނޑާއި ހުރިހާ ފާހިޝު އަމަލުތަކެކެވެ. 17 ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަންމަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއްވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއްވެސް ނުމެނޫންމެއެވެ. 18 އަމަންއަމާންކަން ގެނެސްދޭ މިފަދަ ފަރާތްތަކުން ސުލްޙައިގެ އޮށް އިންދުމުން އެއިން ހެޔޮ ޙަޔާތެއް ލިބިދެއެވެ.

*3:3 3‏:3 ކައިދާއަކީ އަހުގެ ލަގަން ހަރުކުރާން އަނގަޔަށް ލައްވާފައި އޮންނަ ދަގަނޑުގަނޑެވެ.