2
ދޮގު އެދުރުންގެ ނުރައްކާތެރިކަން
ދޮގުރަސޫލުން ބަނީއިސްރާއީލުގެ އަހުލުވެރިންގެ މެދުގައި ތިބި ފަދައިން ތިޔަބައިމީހުންގެ މެދުގައި ވެސް އެފަދަ މީހުން ތިބޭނެއެވެ. އެފަދަ ދޮގު ރަސޫލުން ސިއްރިއްޔާތުގައި އުނގަންނައިދޭނީ ދޮގު ފަތުވާތަކެވެ. އެފަދަ އުގަންނައިދިނުންތަކުގެ ސަބަބުން މީސްތަކުން މަގުފުރެދި ހަލާކުވެދެއެވެ. އެބައިމީހުން ބައްލަވައިގަތުމަށް ފަހު މިނިވަން ކޮށްދެއްވި ސާހިބު، އީސާގެފާނާއި މެދު ބަލައިގަތުމަށް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެފަދަ މީހުންގެ ނަފްސުތައް އަވަސްކަމާއެކު އެބައިމީހުން އަމިއްލައަށް ހަލާކުގެ ތެރެއަށް ގެނެއެވެ. އެފަދަ ދޮގު އެދުރުންގެ ފާހިޝް އަމަލުތައް ގިނަމީސްތަކުން ބަލައިގަންނާނެއެވެ. އެހެންވެ އެހެނިހެން ފަރާތްތަކުން ތެދު މަގާއިމެދު ކުފުރުގެ ބަސްތައް ބުނާނެއެވެ. އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުންވަނީ ކައިރީގައެވެ.
މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ. އަދި ނޫޙުގެފާނުގެ ދުވަސްވަރު މާތްރަސްކަލާނގެއަށް އުރެދުނު ފަރާތްތައް ވެސް ބަރިއްޔަ ނުކުރައްވާ މުޅި ދުނިޔެއަށް ފެނުގެ ތޫފާނެއް ކުރިމަތި ކުރައްވާ އެބައިމީހުން ނެތި ކުރެއްވިއެވެ. ނަމަވެސް އެކަލާނގެ ޙައްޤު ބަސްފުޅު މީސްތަކުންނަށް އަންގައި ދެއްވުމުން ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާގެ ހަތް މެމްބަރުންނާއިއެކު، އަށް ބޭކަލުން އެކަލާނގެ ސަލާމަތް ކުރެއްވިއެވެ. 2‏:5 ފެށުން 6 އެއަށް ފަހު ފާޙިޝް އަމަލުތަކުގައި ވާ ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންގެ މައްޗަށް ގަދަވެގެންވާ އަލިފާނުގެ ޢަޒާބެއް ކުރިމަތި ކުރައްވައި އެ ރަށްތައް އަނދައި އަޅިޔަށް ހައްދަވައި އެކަލާނގެއަށް އުރެދުނު ފަރާތްތަކަށް ހުރި ޢުޤޫބާތުގެ މިސާލެއްކަމުގައި އެބައިމީހުން ލެއްވިއެވެ. 2‏:6 ފެށުން 19‏:24 ނަމަވެސް އެހިނދު ލޫތުގެފާނު ސަދޫމުން ނެރުއްވައި އެކަލޭގެފާނު ސަލާމަތް ކޮށްދެއްވީ އެކަލޭގެފާނުގެ ވަށައިގެންވާ އެންމެހައި ފާފަވެރި ވަޙުޝީ އަމަލުތަކުން ހިތްދަތިވެފައި އެކަލޭގެފާނު ސާލިޙު ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ. އާނއެކެވެ. އެކަލޭގެފާނީ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ފަރާތުން ދުވަހުން ދުވަހަށް ފެނިވަޑައިގެންނެވި ވަޙުޝީ އަމަލުތަކަށާއި އިވިވަޑައިގެންނެވި ފާފަވެރި އަޑުތަކަށް ހިތާމަ ކުރައްވާ އަދި ކަންބޮޑުވެ ވަޑައިގެން ހުންނެވި ހެޔޮލަފާ ސާލިޙު އިންސާނެކެވެ. އަދި މާތްރަސްކަލާނގެ އެކަލޭގެފާނު ސަލާމަތް ކޮށްދެއްވިއެވެ.
މިކަންތައްތައް ދައްކައިދެނީ ސާލިޙު ގޮތުގައިވާ ފަރާތްތަކަށް ކުރިމަތިވާނެ މުސީބާތްތަކުން ސަލާމަތް ކޮށްދެއްވަން ދެނެވޮޑިގެންވެއެވެ. އަދި އިންސާފު ކުރައްވާ ދުވަހުން ފާޙިޝް އަމަލުތަކުގައި ވާ ފަރާތްތަކަށް ޢުޤޫބާތް ދެއްވުމުގައި ސާހިބުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމެވެ. 10 ޚާއްސަކޮށް މި ޢުޤޫބާތަކީ ފާޙިޝް ނުތާހިރު ޚިޔާލުތަކާއެކު ނުބައި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކަށާއި އަދި އެކަލާނގެ ޢައްޔަނު ކުރެއްވި ވެރިންނަކީ އެއްވެސް ބައެއް ނޫންކަމަށް ހިތާ ފަރާތްތަކަށް ހުރި ޢުޤޫބާތެވެ. މިފަދަ ދޮގު އެދުރުންނަކީ ޖެހިލުންކުޑަ އަދި ހިތަށް އެރިހާ ކަމެއް ކުރަމުންދާނެބައެކެވެ. އަދި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ފާޑު ކިޔުމަށް ބިރުވެތިވާ ބައެއް ވެސް ނުމެ ނޫންމެއެވެ. 11 ނަމަވެސް މަލާއިކަތުންނީ ބާރުގެ ގޮތުންނާއި ހަކަތައިގެ ގޮތުން މިފަދަ ދޮގު އެދުރުންނަށް ވުރެން އެތައް ގޮތަކުން މަތިވެރި ވެގެންވާ ބައެކެވެ. އެހެނަސް މި މަތިވެރި މަލާއިކަތުން ވެސް މާތްރަސްކަލާނގެ ޙަޟުރަތުގައި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ތުޙުމަތު ކުރައްވާ ބަދުނާމެއް ނުކުރައްވައެވެ.
12 ނަމަވެސް މިފަދަ ދޮގު ރަސޫލުންނަށް އެނގިގެންނުވާ ކަންތައްތަކާއި ދެކޮޅަށް ވާހަކަ ދައްކާނެއެވެ. ނަމަވެސް އެއިން އެއްކަމެއްވެސް އެބައިމީހުންނަކަށް ނޭނގެއެވެ. އަދި އެބައިމީހުން ބުއްދިއެއްނެތް ހައިވާނުންނަށް ވުރެން ވަކިން މޮޅެވެގެން ނުވެއެވެ. އެއީ އެފަދަ ހައިވާނުންނަކީ އެ ތަކެތީގެ އިޙުސާސުތަކުގެ މަތީގައި ދިރިއުޅެމުން ގެންދާ ތަކެއްޗެވެ. އަދި އެ ތަކެތި އުފަންވެގެންވީ ޝިކާރައިގައިޖެހި މަރުވުމަށެވެ. އަދި އެބައިމީހުންގެ ނުބައިވެގެންވީ މިފަދަ އަމަލުތަކުގެ ސަބަބުން ޝިކާރަވެރި ހައިވާނުންފަދައިން ނެތިދާނެ އެވެ. 13 އެބައިމީހުންގެ ސަބަބުން ގިނަ ބަޔަކު ވޭނާ ކުރިމަތިލާނެއެވެ. އަދި އެހެންމެ އެބައިމީހުން ވެސް އެފަދައިން ވޭން އުފުލާންޖެހެއެވެ. ސަބަބަކީ އެ ވޭނަކީ އެބައިމީހުންނަށް ކުރެވިފައިވާ ކަންތައްތަކުގެ އަނިޔާވެރި ޖަޒާއެވެ. ދުވާލުގެ ހާމަވެގެންވާ އަލިކަމުގައި އެބައިމީހުން ލޯބިކުރާނީ ފާޙިޝް ވެގެންވާ އުފާވެރިކަމަށެވެ. ތިޔަބައިމީހުންގެ މެދުގައި އެބައިމީހުން ވާނީ ލަދުޙަޔާތް ނެތިގެންވާ ބައެއްގެ ގޮތުގައެވެ. ތިޔަބައިމީހުންނާއި އެކުގައި ސުފުރާކުރާ ހިނދު އެބައިމީހުން ވާނީ މަކަރުވެރި ގޮތުގައި މަސްތުވެގެންނެވެ. 14 އެބައިމީހުންގެ ލޯތަކުން ޒިނޭތަކަށް ހުށަހެޅި ގަންނާނެއެވެ. އަދި އެބައިމީހުންގެ ހިތް ފާފަތަކަށް އެދޭ އެދުން ހިތް ފުރޭވަރެއް ނުވެއެވެ. އެބައިމީހުން ނިކަމެތި ވެގެންވާ މީސްތަކުން ޖައްސުވާ ފާފަތައް ކުރުވާނެއެވެ. އަދި އެބައިމީހުންގެ ހިތްތައް ވާނީ ދަހިވެތިކަމުގައެވެ. ހަމަކަށަވަރުން މާތްރަސްކަލާނގެ އެބައިމީހުންނަށް ކޯފާލައްވާނެއެވެ. 15 އެބައިމީހުން ކުރިއަށް ދާނީ މަގުފުރެދިގެން ތިބެއެވެ. އަދި ހެޔޮ މަގެއްކަމުގައި ބަލާނީ ބޭއޯރުގެ ދަރި ބަލާމު ހިނގިމަގެވެ. އެއީ މި ބަލާމު ލޯބިކުރީ ނުބައިވެގެންވާ އަމަލުތަކުން ފައިސާ ހޯދުމަށެވެ. 16 ނަމަވެސް ބަލާމުގެ ހިމާރު އޭނާގެ މޮޔަ އަމަލުތައް އިސްލާޙު ކުރުވައި ނުބައި މިސްރާބުން ދިޔަނުދީ ހުއްޓުވީ ހަރުކަށި ކަމާއެކު އިންސާނީ އަޑަކުން އޭނާ އާއި ވާހަކަ ދެއްކުމުންނެވެ. 2‏:16 އަދަދު 22‏:4‏-35
17 މިފަދަ މީހުންނަކީ ފެން ލިބެން ނެތް ވަޅުތަކެއް ފަދަ ބޭކާރު ބައެކެވެ. ނޫނީ ވަޔާއެކު އުދުހިގެންދާ ވިލާގަނޑެއް ފަދަ ބައެކެވެ. އެބައިމީހުންނަށްޓަކައި އިންތިޒާރު ކުރަމުންދާނީ ނަރަކައިގެ އަނދިރިވެގެންވާ ހިސާބެވެ. 18 ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ. 19 މިނިވަންކަން ދޭނެކަމުގެ ވަޢުދުތައް އެބައިމީހުން ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތައް ވަނީ ފާފަވެރިކަމުގައި މަގުފުރެދި އަޅުވެތިކަމުގައެވެ. ސަބަބަކީ މިފަދައިން ކަންތައްތަކުގެ ބާރުގެ ދަށުގައި ތިޔަބައިމީހުން ވާނަމަ ތިޔަބައިމީހުންވެސް ވަނީ ހަމަ އެފަދައިން އަޅުވެތިކަމުގައެވެ. 20 އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙާއި މެދު އުނގެނި ގަތުމުން ދުނިޔޭގެ ނުބައި ނުލަފާ ގޮތްތަކުން އެބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދެއެވެ. ނަމަވެސް އެބައިމީހުން ފާޙިޝް އަމަލުތަކުގެ ތެރެއަށް ދިއުމުން އެކަންތަކުގެ ޝިކާރައިގައި ޖެހި ހަލާކުވެ އިހުނަށް ވުރެން ގޯސް ހާލަތަކަށް ހިނގައިދާނެއެވެ. 21 އެބައިމީހުންނަށް ޙައްޤު ގޮތަކީ ކޮބައިކަން އެނގުމަށް ފަހު މާތްކަލާނގެ އެންގެވި ކަރާމާތްތެރި އަމުރުފުޅަށް ފުރަގަސްދިނުމަށް ވުރެން ސާލިހު ގޮތްތަކަކީ ކޮބައިކަން ނޭނގި ތިބުންވެސް އެމީހުންނަށް މާރަނގަޅު ވީހެވެ. 22 އެފަދަ މީހުންނާއިމެދު ހަރުބަސް އެކުލެވިގެންވާ ފޮތްކޮޅުގައި ބަޔާންވެގެންވާ ތެދުކަން ހާމަވެއެވެ. 2‏:22 ހަރުބަސްތައް 26‏:11 ”ކުއްތާ ހޮޑުލައި އަދި އެނބުރިގޮސް އެ ހޮޑުތަކުގައި ދޫލާނޭ.“ އަދި ”އޫރު ދޮވެ ތާހިރު ވުމަށް ފަހު ކިސަޑު ތެރޭގައި ފުރޮޅޭނޭ.“

2:5 2‏:5 ފެށުން 6

2:6 2‏:6 ފެށުން 19‏:24

2:16 2‏:16 އަދަދު 22‏:4‏-35

2:22 2‏:22 ހަރުބަސްތައް 26‏:11